ގޭގައި އުފައްދާ ކާބޯތަކެތި ވިޔަފާރީގެ ގޮތުން ވިއްކާނަމަ، ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ތަމްރީނެއް ފުރިހަމަކޮށް، ރަޖިސްޓްރީކުރަން ލާޒިމްވާ ގޮތް ހަދައިފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިރޭ ކުރި އިއުލާނެއްގައި ބުނީ "އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތުގައި އަމަލު ކުރަންވީ ގޮތުގެ މިންގަނޑު" އަދި "އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް ދަފުތަރު ކުރުމުގެ އުސޫލު" ވަނީ ހެލްތު މިނިސްޓްރީގެ ވެބްސައިޓުގައި އަދި އެމްއެފްޑީއޭގެ ދިރިތި ޕޯޓަލްގައި އާންމުކޮށްފައި ކަމަށެވެ.
"އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތުގައި އަމަލު ކުރަންވީ ގޮތުގެ މިންގަނޑު" ގައި ބަޔާންކޮށްފައިވަނީ ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތަކުން ދަފްތަރު ކުރުމަށް އީފާސް މެދުވެރިކޮށް ކާބޯތަކެތި އުފައްދާ ތަނާއި އުފައްދާ ތަކެއްޗާ ބެހޭ މައުލޫމާތު "ދިރިތި" ޕޯޓަލް އަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. ދިރިތި ޕޯޓަލްއަކީ އެމްއެފްޑީއޭއިން ބަލަހައްޓާ ޕޯޓަލް އެކެވެ.
ކާބޯތަކެތި އުފެއްދުމުގައި އަމަލު ކުރަން ޖެހޭ އާންމު ޝަރުތުތައް ވަނީ "އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތުގައި އަމަލު ކުރަންވީ ގޮތުގެ މިންގަނޑު" ގައި ބަޔާންކޮށްފައެވެ.
އެމްއެފްޑީއޭއިން އެފަދަ އުސޫލެއް އާންމުކޮށްފައި މިވަނީ މާލޭގައި ބިދޭސީން ސާފުތާހިރުކަން ކުޑަ ތަންތަނުގައި ކާބޯތަކެތި ތައްޔާރުކުރާ މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށެވެ.
- ވަހާއި ދުމާއި ކުނި އަދި ގަދަ އަޑުގެ ސަބަބުން އާންމުންގެ ސިއްޙަތަށް ނުރައްކާ ވެދާނެ ފަދަ މަސައްކަތަކަށް ނުވުން
- ގޭގައި ދިރިއުޅޭ މީހުން ފިޔަވައި އިތުރު މުވައްޒަފުންނާއި މަސައްކަތު މީހުން ބޭނުން ނުކުރުން
- މި މިންގަނޑުގެ ދަށުން ކާބޯތަކެތި ތައްޔާރުކުރާ ފަރާތަކީ "ބޭސިކް ފުޑް ސޭފްޓީ ކޯސް" ފުރިހަމަކޮށްފައިވާ
- ފަރާތެއް ކަމުގައިވުން ނުވަތަ މި އޮތޯރިޓީން ހިންގާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ފަރާތެއް ކަމުގައިވުން
- ކާބޯތަކެތި ތައްޔާރުކުރާ ވަގުތުތަކުގައި ކަމާއިނުގުޅޭ މީހުން ބަދިގެއަށް ނުވެއްދުން
- ކާބޯތަކެތި ވިއްކަން ބަހައްޓާއިރު އެތަކެތި ބަންދުކުރި ކާބޯތަކެތި ލޭބަލްކުރުމުގެ ގައުމީ މިންގަނޑު ގައިވާ ގޮތަށް ލޭބަލްކުރުން
- މުއްދަތު ހަމަވާ ތާރީހު 24 ގަޑިއިރަށްވުރެ އިތުރުނުވާ ކާބޯތަކެތީގެ ތެރެއިން ވަކިވަކި އުފެއްދުމުގައި ލޭބަލް
- ނުކުރެވޭފަދަ އުފެއްދުންތައް (މިސާލު: ހެދިކާ) ވިއްކަން ބަހައްޓާއިރު އެތަކެތި އަޅާފައިވާ ކޮންޓެއިނަރުގައި
- އުފެއްދި ތަނުގެ ނަމާއި ކާބޯތަކެތި ތައްޔާރުކުރުމަށް ހުއްދަ ދޭ ފަރާތުން ތަނަށް ދޫކޮށްފައިވާ ރަޖިސްޓާ ނަންބަރު ލޭބަލް ކުރުން
ކާބޯތަކެތި ތައްޔާރުކުރާ ފަރާތްތަކުގެ އާންމު ސާފުތާހިރުކަން
- ރޯ ނުފިލުވައި ހުންނަ ކާބޯތަކެއްޗާއި ކައްކާފައި ހުންނަ ކާބޯތަކެތީގައި އަތްލުމުގެ ކުރިންނާއ،ި ފާހާނާ
- ކުރުމަށްފަހުގައާއި ކުނިފަދަ ތަކެތީގައި އަތްލުމަށްފަހު ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުން
- ކާބޯތަކެތި ތައްޔާރުކުރާއިރު ދުފުން، ދުންފަތުގެ އިސްތިއުމާލުކުރުން އަދި އެނޫންވެސް ކެއިން ބުއިމުގެ
- އެއްވެސް އަމަލެއް ނުހިންގުން
- ކާބޯތަކެތި ތައްޔާރުކުރާއިރު ސާފުތާހިރު ހެދުމެއްގައި ހުރުން އަދި ކާބޯތަކެއްޗަށް އިސްތަށި ނުފައިބާނެހެން
- ބޮލާއި ހަށިގަނޑު ނިވާކޮށްފައި ބެހެއްޓުން
- ކާބޯތަކެތި ތައްޔާރުކުރާ ވަގުތުގައި ގަހަނާ އަދި އަތުކުރި ގަޑި ފަދަ ތަކެތި ނޭޅުން
- އަންގި ފަދަ ތަކެތި ބޭނުންކުރާނަމަ ކާބޯތަކެތި ތަޣައްޔަރު ނުވާނެ ފަދަ ނުވަތަ ކާބޯތަކެއްޗަށް ނޭދެވޭ އަސަރު
- ނުކުރާނެ ފަދަ ސާފު އަންގި ބޭނުން ކުރުން. އަދި ރޯ ނުފިލުވައި ހުންނަ ކާބޯތަކެއްޗާއި ކައްކާފައި ހުންނަ
- ކާބޯތަކެއްޗަށް ވަކި އަންގި ބޭނުންކުރުން
ބަދިގޭގައި ފުރިހަމަވާންޖެހޭ ޝަރުތުތައް
- އަތް ދޮވުމާއި ހިފާގެންގުޅޭ ސާމާނު ދޮވެ ސާފުކުރުމަށް ބޭނުންވާ އިންތިޒާމު ބަދިގޭގައި ހަމަޖެހިފައި ހުރުން
- ކާބޯތަކެތި ތައްޔާރުކުރާ ތަންތަނާއި ގެންގުޅޭ ތަކެތި އަބަދުވެސް ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން
- އާމްދަނީ ހޯދުމުގެ ބޭނުމަށް ކާބޯތަކެތި ތައްޔާރުކުރުމަށް ވަކި ހާއްސަ ގަޑިއެއް ކަނޑައެޅިފައިވުން
ކާބޯތަކެތި ރައްކާކުރުން
- ތަޣައްޔަރުނުވާނެހެން ރަނގަޅަށް ބަންދުކޮށްފައިވާ ކޮންޓެއިނަރެއްގައި ކާބޯތަކެތި ރައްކާކުރުން
- ކާބޯތަކެތި ބަންދުކުރުމަށް ބޭނުންކުރާ އެއްޗެއްގެ ސަބަބުން އޭގައި ހުންނަ ކާބޯތަކެއްޗަށް ތައައްޔަރު ކަމެއް
- ނައުން
- ރޯ ނުފިލުވައި ހުންނަ ކާބޯތަކެތި އައިސްއަލަމާރީގައި ރައްކާކުރާނަމަ ރަނގަޅަށް ވައި ބަންދުވެފައި ހުންނަ
- ކޮންޓެއިނަރެއްގައި ރައްކާކުރުން. އަދި މި ގޮތަށް ރޯ ނުފިލުވައި ހުންނަ ކާބޯތަކެތި ރައްކާކުރާއިރު ކައްކާފައި
- ހުންނަ ކާބޯތަކެތީގެ ތިރީގައި ބެހެއްޓުން
- ކާބޯތަކެތި ރައްކާކޮށް ބަހައްޓާފައި ހުންނަ އައިސްލަމާރި ގަވާއިދުން ސާފުކޮށް ބެލެހެއްޓުން
- ކާބޯތަކެތި ހޫނުކޮށް ބަހައްޓާނަމަ 60 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތީގައި ފިނިހޫނުމިން ދެމެހެއްޓުން
- ފިނިކުރި ކާބޯތަކެތިގެ ފިނިހޫނުމިން 5 ޑިގްރީ ސެލްސިއަސް އަށް ވުރެ ދަށުގައި ބެހެއްޓުން
- ގަނޑުކުރި ކާބޯތަކެތިގެ ފިނިހޫނުމިން 18 ޑިގްރީ ސެލްސިއަސް އަށް ވުރެ ދަށުގައި ބެހެއްޓުން
- ކާބޯތަކެތި ނުވަތަ ކާބޯތަކެތި ތައްޔާރު ކުރުމަށް ބޭނުންކުރާ ބާވަތްތައް، ބަންދުކުރަން ބޭނުންކުރާ ތަކެތި
- ރައްކާކުރާ ތަންތަން ގަވާއިދުން ސާފުކޮށް ބެލެހެއްޓުން
- ކާބޯތަކެތި ރައްކާކުރުމަށް ވަކި ތަނެއް ނުވަތަ ވަކި އައިސްއަލަމާރިއެއް ހާއްސަކުރުން ނުވަތަ ހިދުމަތް
- ލިބިގަންނަ ފަރާތާ ހަމައަށް ފޯރޮކޮށްދެވެންދެން މިތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް ފިނިހޫނުމިން
- ހުންނަންޖެހޭ މިންގަނޑުގައި ބެހެއްޓޭނެ އިންތިޒާމެއް ހަމަޖެއްސުން
ކާބޯތަކެތި އެއްތަނުން އަނެއް ތަނަށް އުފުލުން
- ކާބޯތަކެތި އެއްތަނުން އަނެއްތަނަށް އުފުލާއިރު އަވި، ވާރޭ އަދި ހިރަފުހުން ރައްކާތެރިވާނެހެން ބެހެއްޓުން
- ކާބޯތަކެތި އެއްތަނުން އަނެއްތަނަށް އުފުލާއިރު، އެތަކެތި ބެހެއްޓުމަށް ކަނޑައަޅާފައިވާ ފިނިހޫނުމިން ހިފެހޭއްޓޭނެ ގޮތަށް އެތަކެތި ބެހެއްޓުން
- ކާބޯތަކެތި އުފުލާއިރު ރޯ ނުފިލުވާ ހުންނަ ތަކެއްޗާއި ކައްކާފައި ހުންނަ ކާބޯތަކެތި އެކަތި އަނެކައްޗާއި
- ތައައްޔަރުނުވާނެހެން ވަކިކޮށްފައި ބެހެއްޓުން
- ކާބޯތަކެތި އުފުލަން ބޭނުންކުރާ އުޅަނދު ނުވަތަ ވެހިކަލް ގަވާއިދުން ސާފުކޮށް ބެލެހެއްޓުން