ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދޭ ހެލްތު ސްކްރީނިން ޕެކޭޖްތަކުން 20 ޕަސަންޓު ޑިސްކައުންޓް ލިބޭ "ވެލްނަސް ޕްރޮމޯޝަން" ފަށައިފިއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން މިއަދު ބުނީ، އިއްޔެ ފެށި ޕްރޮމޯޝަން މި މަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަތްސަން ސްރިދާ ޖީ ވިދާޅުވީ، އެ ޕެކޭޖުތަކުގެ ބޭނުމަކީ، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އެހީތެރިވެދީ އަވަހަށް ބަލި ދެނެގަތުމާއި ފަރުވާ ހޯދުމަށް އެހީތެރިވެދިނުން ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ތިޔަބޭފުޅުންގެ ސިއްހަތަށް އިސްކަންދިނުމަކީ ތިޔަބޭފުޅުންގެ މުސްތަގުބަލަށް ކުރެވޭ އިންވެސްޓްމަންޓެއް އަދި މި ޕްރޮމޯޝަނަކީ ތިޔަބޭފުޅުންގެ ސިއްހީ ހާލަތު ޗެކް ކުރުމަށާއި ބެލެހެއްޓުމަށް ލިބޭ ރަނގަޅު ފުރުސަތެއް،" ޑރ. ސްރިވަތްސަން ދާޅުވިއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ. މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ.
އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާ އެކު، ޓްރީޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ސްޕެސެލިސްޓުންނާއި ސިއްހީ ދާއިރާގައި އެކި ނަން މަޝްހޫރު ދާއިރާތަކުން ހާއްސަވެފައިވާ ޑޮކްޓަރުންގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދުން ކަމުގައި އެ ހޮސްޕިޓަލުން ބުންޏެވެ.