ޚަބަރު

ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް ކޮންމެ މާމައަކާއި ކާފައެއްގެ ނަސޭހަތް ގައުމަށް ބޭނުންވޭ: ރައީސް

ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް ކޮންމެ މާމައަކާއި ކާފައެއްގެ ނަސޭހަތް ގައުމަށް ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުއިއްޒު މިފަދައިން ވިދާޅުވީ، ގައުމީ މާމަ ކާފަ ދުވަހުގެ މުނާސަބަތުގައި، އެ މަނިކުފާނުގެ އެކްސް އެކައުންޓަށް ދޫކުރެއްވި ޕޯސްޓެއްގައެވެ.

"އާރުލާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް، ކޮންމެ މާމައަކާއި ކާފައެއްގެ ނަސޭހަތާއި މަގުދެއްކުން ދިވެހި ގައުމަށް ބޭނުންވޭ" ރައީސް ވިދާޅުވިއެވެ.

ގައުމީ މާމަ ކާފަ ދުވަހަކީ، ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހެވެ.

މާމަ ކާފަ ދުވަސް ރާއްޖޭގައި ގައުމީ ފެންވަރެއްގައި ފާހަގަކުރަން ފެށީ 2020 ވަނަ އަހަރުން ފެށިގެންނެވެ.