ޚަބަރު

ހުޅުމާލޭގައި 15 ޕާކިން ބިލްޑިން ތަރައްގީކުރަން ހުޅުވާލައިފި

1

ހުޅުމާލޭގައި 15 ޕާކިން ބިލްޑިން ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.

ހުޅުމާލޭގެ ޕާކިން މައްސަލައަށް ހައްލު ހޯދުމަށާއި ވެހިކަލްތަކަށް ރައްކާތެރިކޮށް ޕާކުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރިއަށްގެންދާ އެ މަޝްރޫއުގެ ދަށުން ހަދާ ޕާކިން ބިލްޑިންތަކުގައި ކޮމާޝަލް ޔުނިޓުތައްވެސް ހިމެނޭނެއެވެ.

އެޗްޑީސީ އިން ބުނީ، އެ މަޝްރޫއު ދޫކުރުމުގައި އިސްކަންދޭނީ އީޕީސީ ޕްލަސް އެފް (އިންޖިނޭރިން، ޕްރޮކިއުމަންޓް، ކޮންސްޓްރަކްޝަން އަދި ފައިނޭންސް) މޮޑެލްއަށް ކަމަށާއި ނަމަވެސް އެ ކުންފުންޏަށް ހުށަހަޅާ އީއޯއައިތައް އެހެން މޮޑެލްތަކަށް ވެސް ހުށަހެޅިދާނެ ކަމަށެވެ. އަދި އެއް ފަރާތަށްވުރެ ގިނަ ފަރާތުން އެ މަޝްރޫއަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅައިފިނަމަ މަޝްރޫއު ހަވާލުކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށް ކަމަށްވެސް ބުންޏެވެ.

އެޗްޑީސީން ބުނީ، އީއޯއައިތައް އިވެލުއޭޓް ކުރުމުގައި ޕްރޮޕޯސް ކޮށްފައިވާ ބިޒްނަސް މޮޑަލްއާއި އޮޕަރޭޓަރުގެ ތަޖުރިބާ އަދި ހިމެނޭ ސީއެސްއާރަށް ބަލާނެ ކަމަށެވެ.

މި މަޝްރޫއުއަށް ޝައުގުވެރިވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް ސެޕްޓެމްބަރު 16، 2024ގެ މެންދުރުފަހު 2:00ގެ ކުރިން އީއޯއައި ހުށަހަޅަންޖެހެއެވެ. އީއޯއައިތައް ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް، [email protected] އަށެވެ. މި މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތު އެޗްޑީސީގެ ވެބްސައިޓުން އަދި އެ ކުންފުނީގެ ނަންބަރު 1516 އަށް ގުޅައިގެން ލިބޭނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟