ދަތުރުވެރިންގެ މާރުކޭޓު ކައިރިން ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މިއަދު މެންދުރުފަހު 2:06 ހާއިރު މާރުކޭޓު ކައިރިން ކާރަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓު ހިނގަން މެދުވެރިވީ ސައިކަލް އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި ޕިކަޕުގައި ޖެހިގެން ކަމަށެވެ.
އެ އެކްސިޑެންޓުގައި 63 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށާއި އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި ރަމަޟާން މަހުގައި މަގުމަތީގެ އެކްސިޑެންޓުތައް ގިނަކަން ފާހަގަކޮށްލެވެއެވެ.