ޚަބަރު

ކާރެއް ކޮންޓްރޯލުނުވެ ހިނގި އެކްސިޑެންޓެއްގައި އިތުރު ވެހިކަލްތަކަކަށް ގެއްލުންވެއްޖެ

މާލޭގައި މިއަދު ކާރެއް ކޮންޓްރޯލު ނުވެ ހިނގި އެކްސިޑެންޓެއްގައި އިތުރު ވެހިކަލްތަކަކަށް ގެއްލުން ވެއްޖެއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މިއަދު ހެނދުނު 7:50 ހާއިރު އަމީނީ މަގުން، ގާކޮށި ކުރިމަތިން ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލުނުވެ ގޮސް އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގައި އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ހަ ސައިކަލާއި ކާރަކަށް ގެއްލުންވެފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާކަން އެނގިފައިވެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.