އިބްރާހިމް ޒަކީ
ވައިގެމަގުން ރާއްޖެއަށް 9.86 މިލިއަން ދިވެހި ރުފިޔާގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިއަދު ބުނީ، ރާއްޖެ އެތެރެކުރަން އުޅުނު ޖުމުލަ 11.62 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުވެސް ވައިގެ މަގުން ރާއްޖެ އައި ޕާކިސްތާނު މީހެއްގެ އަތުން ފަސް މިލިއަން ރުފިޔާގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ.
ކަސްޓަމްސް އިން ބުނީ ޕާކިސްތާނުގެ ރައްޔިތެއްގެ ލަގެޖުން އެފަހަރު އަތުލައިގެންފައިވަނީ 4.720 ކިލޯގެ މަސްތުވާތަކެތި ކަމަށެވެ.