ޚަބަރު

ގައުމަށް މިއަދު ގޮންޖެހުން ކުރިމަތި ވެފައި މިވަނީ އެމްޑީޕީ ސަރުކާރުގެ ދޯހަޅި ސިޔާސަތުން: ނައިބުރައީސް

އިބްރާހިމް ޒަކީ

ރާއްޖެއަށް މިހާރު ކުރިމަތިވެގެން އުޅޭ އިގްތިސާދީ ދަތިތައް ކުރިމަތިވެފައި ިވަނީ، މީގެ ކުރިން އޮތް އެމްޑީޕީ ސަރުކާރުން ގެންގުޅުނު ދޯހަޅި ސިޔާސަތުގެ ސަބަބުން ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ އެކަންކަމުން އަރައިގަތުމަށް ގައުމު ބިނާކުރައްވަމުން ކަމަށެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެމްޑީޕީއަށް އިޝާރާތްކުރައްވައި ނައިބު ރައީސް ވިދާޅުވީ ގައުމަށް މިއަދު ދިމާވެފައިވާ ގޮންޖެހުމަކީ ރައްޔިތުން ނޫނެކޭ ބުނި ސަރުކާރެއްގެ ދޯހަޅި ސިޔާސަތުތަކުގެ ނަތީޖާ ކަމަށެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ސާބިތު ކަމާއެކު އެ ގޮންޖެހުންތަކާއި ކުރިމަތިލައްވަމުންކަމަށާއި ރައްޔިތުން އެދޭ ގޮތަށް ދިވެހި ގައުމު ބިނާކުރެއްވުމުގެ މަސައްކަތްވެސް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އިގްތިސާދީ ދަތިތަކާ ކުރިމަލާން ޖެހުނީ އެމްޑީޕީގެ ސަބަބުން ކަމަށް ނައިބު ރައީސް ވިދާޅުވެފައިވަނީ އިދިކޮޅު ފަރާތްތަކުން ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ.