ސަރުކާރު

ގޭބިސީތަކަށް ލެޑް ބޮކި ދޫކުރުމަށް ތިން ކުންފުންޏަކާ ހަވާލުކޮށްފި

މަރިޔަމް ޝަހުދާ

ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ލެޑް ބޮކި ދޫކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ގޭބިސީތަކަށް ލެޑް ބޮކި ދޫކުރުމަށް ތިން ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މިއަދު އެންވަޔަރަމަންޓް މިނިސްޓްރީން ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައި ގޭބިސީތަކަށް ލެޑްބޮކި ދޫކުރުމަށް ހަވާލުކޮށްފައިވަނީ ސްޓެލްކޯ، ފެނަކަ ކޯޕަރޭޝަން އަދި އެމްޑަބްލިއުއެސްސީ އާއެވެ. މި ރަސްމިއްޔާތުގައި މި ތިން ކުންފުންޏާ ލެޑް ބޮކިތައް ހަވާލުކުރިކަމުގެ ލިޔުން ހަވާލުކޮށްދެއްވާފައި ވަނީ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަންއެވެ.

ސަރުކާރުގެ މި މަޝްރޫއުގެ ދަށުން ގޭބިސީތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ލެޑް ބޮކިތަކަކީ ކަރަންޓު ހަރަދު ކުޑަ، ތިމާވެއްޓާއި ރައްޓެހި ލެޑް ބޮކި ތަކެކެވެ. މި މަޝްރޫއުގެ ދަށުން ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ދެ ލެޑްބޮކި ދޫކުރުމަށް ސަރުކާރުން ވަނީ ހަމަޖައްސައިފައެވެ.