އުރީދޫ ނޭޝަންގެ ފުރަތަމަ އިންޓާ އޮފީސް އީ ސްޕޯޓްސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ރާއްޖޭގެ އީ ސްޕޯޓްސް ކޮމިއުނިޓީގެ ތެރޭގައި މަގުބޫލު ތިން ގޭމު ކަމަށްވާ ޕަބްޖީ މޮބައިލް، މޮބައިލް ލެޖެންޑްސް، ބޭންގް ބޭންގް އަދި އީއޭއެފްސީ ހިމަނައިގެން ކުރިއަށްގެންދިޔަ އެ މުބާރާތުގައި ގިނަ އޮފީސްތަކަކުން ބައިވެރިވިއެވެ.
މިމަހުގެ 13 އިން 18 އަށް ކުރިއަށްގެންދިޔަ އެ މުބާރާތުގައި 33 އޮފީހަކުން ވަނީ ބައިވެރިވެފައެވެ. އެ މުބާރާތަކީ ޓީމް ސްޕިރިޓާއި ރަހުމަތްތެރިކަމާއި ވާދަވެރިކަން އިތުރުކޮށް، އީ ސްޕޯޓްސް ކޮމިއުނިޓީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ހާއްސަ ޕްލެޓްފޯމެއްގެ ގޮތުގައި ކުރިއަށްގެންދިޔަ މުބާރާތެއް ކަމަށް އުރީދޫން ބުންޏެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމުތަކަށް ފައިސާގެ އިނާމުތައް ހަވާލުކުރީ އުރީދޫ ހެޑްކުއާޓާސްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.
17 އޯގަސްޓް 2024: މާލެ، އުރީދޫ ނޭޝަން އިންޓަރ އޮފީސް އީ ސޮޕޯޓްސް ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ވަން ފޮޓޯ: ޔޫސުފް ސޮފްވާން
17 އޯގަސްޓް 2024: މާލެ، އުރީދޫ ނޭޝަން އިންޓަ އޮފީސް އީ ސްޕޯޓްސް ޗެމްޕިއަންޝިޕްގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ވަން ފޮޓޯ: ޔޫސުފް ސޮފްވާން

ޕަބްޖީ މުބާރާތުން ވަނަވަނައަށް ހޮވުނު ފަރާތްތައް އަދި ލިބުނު ފައިސާގެ އިނާމުތައް
- ޗެމްޕިއަން ޓީމު: ބޭންކް އޮފް މޯލްޑިވްސް، 10،000 ރުފިޔާގެ ފައިސާގެ އިނާމެއް
- ރަނަރަޕް ޓީމު: އީއެމް އެންޓަޕްރައިސަސް، 6000 ރުފިޔާގެ ފައިސާގެ އިނާމެއް
- ތިންވަނަ: ކަސްޓަމްސް، 3000 ރުފިޔާގެ ފައިސާގެ އިނާމެއް
- އެންމެ މޮޅު ކުޅުންތެރިޔާ: އީއެމް އެންޓާޕްރައިސަސްގެ އަހުމަދު އިކްރާމް، 1000 ރުފިޔާގެ ފައިސާގެ އިނާމެއް
މޯބައިލް ލެޖެންޑްސް ބޭންގް ބޭންގް އިން ވަނަވަނައަށް ހޮވުނު ޓީމުތައް އަދި ލިބުނު ފައިސާގެ އިނާމުތައް
17 އޯގަސްޓް 2024: މާލެ، އުރީދޫ ނޭޝަން އިންޓަ އޮފީސް އީ ސްޕޯޓްސް ޗެމްޕިއަންޝިޕްގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ވަން ފޮޓޯ: ޔޫސުފް ސޮފްވާން
17 އޯގަސްޓް 2024: މާލެ، އުރީދޫ ނޭޝަން އިންޓަ އޮފީސް އީ ސްޕޯޓްސް ޗެމްޕިއަންޝިޕްގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ވަން ފޮޓޯ: ޔޫސުފް ސޮފްވާން
17 އޯގަސްޓް 2024: މާލެ، އުރީދޫ ނޭޝަން އިންޓަ އޮފީސް އީ ސްޕޯޓްސް ޗެމްޕިއަންޝިޕްގެ ނިންމުމުގެ ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވާހަކަދައްކަވަނީ --- ވަން ފޮޓޯ: ޔޫސުފް ސޮފްވާން
17 އޯގަސްޓް 2024: މާލެ، އުރީދޫ ނޭޝަން އިންޓަ އޮފީސް އީ ސްޕޯޓްސް ޗެމްޕިއަންޝިޕްގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ވަން ފޮޓޯ: ޔޫސުފް ސޮފްވާން
- ޗެމްޕިއަން ޓީމު: މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސް، 4500 ރުފިޔާގެ ފައިސާގެ އިނާމެއް
- ރަނަރަޕް ޓީމު: ބޭންކް އޮފް މޯލްޑިވްސް، 3000 ރުފިޔާގެ ފައިސާގެ އިނާމެއް
- ތިންވަނަ: އެމްއޭސީއެލް ޓީމް ދޭއް، 1500 ރުފިޔާގެ ފައިސާގެ އިނާމެއް
- އެންމެ މޮޅު ކުޅުންތެރިޔާ: މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސްގެ އައިމަން ރަޝީދު، 1000 ރުފިޔާގެ ފައިސާގެ އިނާމެއް
އީއޭއެފްސީން ވަނަތައް އަދި ލިބުނު ފައިސާގެ އިނާމުތައް
- ޗެމްޕިއަން: ކޭއެފްސީ ހޯލްޑިންގްސްގެ ޖަނާން މުހައްމަދު، 10،000 ރުފިޔާގެ ފައިސާގެ އިނާމެއް
- ރަނަރަޕް: ބޭންކް އޮފް މޯލްޑިވްސްގެ އިސްމާއިލް ނަޝާއު، 6000 ރުފިޔާގެ ފައިސާގެ އިނާމެއް
- ތިންވަނަ: މީރާގެ ޖައިލަމް މުހައްމަދު، 3000 ރުފިޔާގެ ފައިސާގެ އިނާމެއް