ދިވެހިން ހިމެނޭ ގޮތަށް ސްރީލަންކާ އިން 600 މީހުން ޑީޕޯޓުކޮށްފިއެވެ.
ލަންކާއިން މިދިޔަ ހަފްތާގެ ތެރޭގައި 600 މީހުން ޑީޕޯޓުކޮށްފައިވާ އިރު، އޭގެ ތެރޭގައި 200 މުސްލިމުން އިލްމުވެރިން ހިމެނޭ ކަމަށް ހަބަރުތައް ބުނެއެވެ.
ލަންކާއަށް ދިން ބޮމުގެ ހަމަލާތަކުގެ ސަބަބުން ޑިޕޯޓުކޮށްފައިވަނީ ޕާކިސްތާނާއި ދިވެހިރާއްޖެއާއި އިންޑިއާގެ މީހުންނެވެ. އަދި އޭގެ ތެރޭގައި އިންޑިއާގެ 100 މީހުން ހިމެނެއެވެ. އެމީހުންނަކީ ދީނީ ގޮތުން ހައްދުފަހަނަ އަޅައި ދިއުމުގެ ފިކުރު ގެންގުޅޭ މީހުންކަމަށް ހަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވެއެވެ.
ހަބަރުތައް ބުނާ ގޮތުގައި މި ހަމަލާތަކުގެ ސަބަބުން ޑީޕޯޓުކޮށްފައިވާ 600 މީހުންގެ ތެރެއިން 400 މީހުންނަކީ ޓޫރިސްޓް ވިސާގައި ލަންކާއަށް ގޮސް، ދީނީގޮތުން ހައްދު ފަހަނަ އަޅައި ދިއުމުގެ ފިކުރުތައް ފަތުރަން އުޅުނު މީހުންނެވެ.
މިދިޔަ މަހުގެ ތެރޭގައި ލަންކާއަށް ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާތަކުގައި 250 މީހުންނަށްވުރެ ގިނަ މީހުން މަރުވެފައިވާ އިރު، އޭގެ ތެރޭގައި އިންޑިއާގެ 11 މީހުން ހިމެނެއެވެ.