ހުޅުމާލޭގައި އަންހެނަކަށް ބިރު ދައްކައި، އޭނާ ގައިގައި ކަޓަރު އަޅައި ފޭރުނު މައްސަލައެއް ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ، ހުޅުމާލޭ ފޭސް 1 ގައި ހުރި ސްޕާއެއްގައި މަސައްކަތްކުރާ ބިދޭސީ އަންހެނެއްގެ ގައިގައި ކަޓަރު އަޅައި އޭނާއަށް ބިރު ދެއްކުމަށްފަހު ފައިސާ ފޭރުނު މައްސަލައެއް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ މީހާ ކަޓަރު އަޅާފައިވަނީ އެ އަންހެން މީހާގެ އަތްތިލަ އާއި ފަލަމަސްގަނޑުގައެވެ.
މާލެ ސަރަހައްދުގައި ވައްކަމާއި ފޭރުން މި ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.