ޕަޕުއާ ނިއުގިނީއަށް އައި ބާރުގަދަ ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ.
މިއަދު ހަވީރު 5:58ގައި ޕަޕުއާ ނިއުގިނީއަށް އައި 7.5 މެގްނިޓިއުޑްގެ ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ވަނީ ނެރެފައެވެ.
ޕަޕުއާ ނިއުގިނީގެ ކަނޑުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ނެރެފައިވީ ނަމަވެސް، އޭގެ އެއްވެސް އަސަރެއް ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ވަނީ ބުނެފައެވެ.
ސުނާމީގެ އިންޒާރު ދީފައިވަނީ ޕަޕުއާ ނިއުގިނީގެ އަވަށްޓެރި ޕެސިފިކްގެ ގައުމުތަކަށެވެ.