ޚަބަރު

އެމްއެންޑީއެފްގެ ކާރަކުން ސައިކަލެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފި

އަލީ އިހްސާން

އެމްއެންޑީއެފްގެ ކާރަކުން ސައިކަލެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ މިއަދު 12:45 ހާއިރު ހުޅުމާލެއިން މާލެއަށް ދަތުރު ކުރަމުން ދިޔަ އެމްއެންޑީއެފްގެ ކާރެއްގައި ސައިކަލެއް ޖެހި އެކްސިޑެންޓް އެއް ހިނގާފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ކަމުގައެވެ. ސައިކަލު ދުއްވަން އިނީ 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، މިމީހާ އަތުގައި ލައިސެންސް ނެތްކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެކްސިޑެންޓް ހިނގާފައިވަނީ ދުއްވާފައި ދިޔަ އެމްއެންޑީއެފްގެ ކާރުގެ ކުރިއަށް ސައިކަލު އަރަން އުޅުމުގެ ތެރޭގައި ކަމަށާއި ލައިސަންސް ނެތި ސައިކަލު ދުއްވި 21 އަހަރުގެ މީހާ ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓަގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ބުނެއެވެ.