ޚަބަރު

ބީސީސީން ޒުވާނުންގެ ދުވަހާ ގުޅުވައިގެން ހާއްސަ ޕެނަލް ޑިސްކަޝަނެއް މިރޭ ބާއްވަނީ

ފާތިމަތު ލިޔުޝާ

މިއަހަރުގެ ޒުވާނުންގެ ދުވަހާ ގުޅުވައިގެން "ޑިޖިޓަލް އެންޓާޕްރިނާޝިޕް ޑިޖިޓަލް އިނޮވޭޝަން"ގެ ނަމުގައި ޕެނަލް ޑިސްކަޝަންއެއް ކުރިއަށްގެންދަން ބިޒްނަސް ސެންޓާ ކޯޕްރޭޝަން (ބީސީސީ) އިން ނިންމައިފިއެވެ.

ބީސީސީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ އެ ޕްރޮގްރާމްގައި ކޮންމެ މީހަކަށްވެސް ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ. އިންސްޓަގްރާމް އަދި ފޭސް ބުކް ޕޭޖުގައި ޕެނަލް ޑިސްކަޝަންގައި ބައިވެރިވުމަށް ޖަރިސްޓްރީ ވުމަށް ހުޅުވާލާފައިވާ ކަމަށާއި އެ ޕެނަލް ޑިސްކަޝަން ކުރިއަށްގެންދާ ވަގުތުގައިވެސް ތަނުގެ ޖާގަ އޮތް މިންވަރަކުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ބީސީސީން ބުނެއެވެ.

މި ޕެނަލް ޑިސްކަޝަން ކުރިއަށްގެންދަން ނިންމާފައި ވަނީ ވިލާ ކޮލެޖުގެ އޯޝަން ވިއު ހޯލުގައި މިރޭ 8:00 އިން 10:00 އަށެވެ.

މި ޕެނަލް ޑިސްކަޝަން ޒުވާނުންނަށް ހާއްސަކުރި އެެންމެ ބޮޑު އެއް ސަބަބަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރާ އަދި މިހާރުވެސް ކުރަމުން އަންނަ ޒުވާނުން އެ ވިޔަފާރިތައް ފުޅާކުރުމަށް ކުރަން ހުރި އިތުރު މަސައްކަތްތަކާއި އަދި އެ ވިޔަފާރިވެރިއެއްގެ އަމިއްލަ ޕްރޮޑަކްޓް ސަލާމަތްތެރިކަމާއެކީ ވިއްކޭނެ އިންތިޒާމުތައް ހަމަޖައްސަން ޖެހޭނެ ގޮތާއި އަދި އެ ވިޔަފާރިވެރިއެއްގެ ޕްރޮޑަކްޓަކީ ރައްކާތެރިކަމާއެކީ ވިއްކޭނެ ޕްރޮޑަކްޓަކަށް ހެދުމަށް ކުރަން ޖެހޭ މަސައްކަތުގެ މައުލޫމާތު ފޯރުކޮށްދިނުން ކަމަށް ބީސީސީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގަންނަވަނީ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އުސްތާޒު އިބްރާހިމް މުނައްވަރު އެވެ. އޭގެ އިތުރުން މި ޕެނަލް ޑިސްކަޝަންގައި ޖަވާބުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަހު ޖައިލަމް، އެސޯޝިއޭޓް މެންބަރު ވުމަން އިންޓެކް މަރިޔަމް މަހްރޫޝާ އަދި ވިލާ ކޮލެޖުގެ ކޮންސަލްޓަންޓް އެންޑް ލެކްޗަރާ އިން އޯއެމް ބީޕީއާރު އެންޑް ސޮލިއުޝަން ޑިވެލޮޕްމަންޓް ޑރ. އަހުމަދު އަލީ ޖަލީލު ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރެޖިސްޓްރޭޝަން ފޯމް: https://forms.office.com/r/HeH1abdAt