ޚަބަރު

އޯލެވެލް އިމްތިހާނުގެ ނަތީޖާ މިއަދުން ފެށިގެން ލިބޭނެ: އެޑިއުކޭޝަން

ފާތިމަތު ލިޔުޝާ

އޯލެވެލް އިމްތިހާނުގެ ނަތީޖާ މިއަދުން ފެށިގެން ލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ މިދިޔަ މެއި އަދި ޖުލައި މަހު ބޭއްވި ކެމްބުރިޖު އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ މިއަދު 12:00 އިން ފެށިގެން ދޫކުރަން ފަށާފައިވާ ކަމަށެވެ.

ޖުމުލަ 256 ސެންޓަރެއްގައި އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު ހެދި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ 2023ގައި އޯލެވެލް އިމްތިހާނުގައި ބައިވެރިވީ 6،698 ދަރިވަރުންނެވެ. އަދި މި އަހަރުގެ އޯލެވެލް އިމްތިހާނުގައި 7،501 ދަރިވަރުން ބައިވެރިވެރިވިކަމަށެވެ.

އިސްލާމް އަދި ދިވެހި މާއްދާ ހިމެނޭ އެސްއެސްސީ އިމްތިހާނުގައި 7،133 ދަރިވަރުން ބައިވެރިވި ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

2023 ގައި އެސްއެސްސީ އިމްތިހާނުގައި ހެދީ 7،133 ދަރިވަރުނެވެ. އަދި މި އަހަރު އެސްއެސްސީ އިމްތިހާނުގައި ހެދީ 6،107 ދަރިވަރުންނެވެ. ފުރަތަމަ އިމްތިހާނަކީ އިސްލާމް މާއްދާގެ ޓެސްޓެވެ.