މިއަހަރު ނިމުމުގެކުރިން ބޯހިޔާވެހިކަމުގެ އާ، އަދި ބޮޑު މަޝްރޫއެއް މި ސަރުކާރުން ފަށާނެ ކަމަށް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ހައިދަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރުންނާ ސުވާލު ކުރުމުގެ ވަގުތުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަޒީރުންނާ ސުވާލު ކުރުމުގެ ވަގުތުގައި، މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރު މިނިސްޓަރާ ސުވާލު ކުރެއްވީ، މިހާތަނަށް މިސަރުކާރުން ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއް ފަށާފައިވޭތޯ އާއި އަންނަ އަހަރު ބަޖެޓް ކަނޑައެޅުމުގެ ފުރިހަމަ އިހުތިޔާރު މިސަރުކާރަށް ލިބިފައިވާ އިރު، އަންނަ އަހަރަށް ކަނޑައަޅާފައިވާ ބޯހިޔާވަހި ކަމުގެ މަޝްރޫއު ތަކަކީ ކޮބައިތޯއެވެ.
އެސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، މިއަހަރު ނިމުމުގެ ކުރިން ބޯހިޔާވަހިކަމުގެ މުޅިން އާ މަޝްރޫއެއް މި ސަރުކާރުން ފަށާނެ ކަމަށެވެ.
އެއީ ވަރަށް ބޮޑު މަޝްރޫއެއް ކަމަށާއި އެ މަޝްރޫއުގެ އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ރިޔާސީ ދައުރު ނިމިގެންދާ އިރު، މުޅި ރާއްޖޭގައި 85،000 ހައުސިން ޔުނިޓް ގާއިމް ކުރުން ކަަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިސަރުކާރުން އެންމެ އިސްކަންދޭ ކަމަކީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުން ކަމަށެވެ. އަދި ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އެ މައްސަލަ ހައްލުކޮށްދެއްވާނެ ކަަމަށްވެސް ވިދާޅުވިއެވެ.