ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ރާއްޖޭގެ ފަތުރުވެރިކަމަށް ރެކޯޑް އަދަދެއްގެ ކުރިއެރުމެއް ވަނީ އައިސްފަ: މިނިސްޓަރު އަލީ ވަހީދު

އިބްރާހިމް ޒަކީ

1

ހުސްވި އޭޕްރީލްމަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ރެކޯޑް އަދަދަކަށް އަރާފައިވާކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން 36.3 އިން ސައްތައަށް ކުރިއަރައި، ރެކޯޑެއް ގާއިމްކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އޭޕްރީލްމަހު ރާއްޖެއަށް 163،114 ފަތުރުވެރިން އައިސްފައިވާ ކަމަށެވެ. ހުސްވި 2018 ވަނަ އަހަރު މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 119،713 ފަތުރުވެރިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމަށް މިހާބޮޑު ކުރިއެރުމެއް ލިބިގެންދިޔައީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖެއަށް ގެނެސްދެއްވި ހަމަޖެހުމުގެ ސަބަބުން ކަމަށެވެ.

މާކެޓް ޝެއާއަށް ބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ފެންނަނީ، ޔޫރަޕުން ކަމަށާއި ޖެނުއަރީއާ އޭޕްރީލަށް ބަލާއިރު އެއީ 18.6 އިންސައްތައިގެ ކުރިއެރުމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، އޭޕްރީލް މަސް ނިމުނު އިރު އެންމެ ކުރީގަ އޮތީ ޗައިނާ ކަމަށެވެ. ޗައިނާ މާކެޓުން 95،272 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ދެވަނައަށް އިޓަލީން 67،891 ޒިޔާރަތް ކޮށްފައިވާއިރު، ޖަރުމަނުން 54،862 ފަތުރުވެރިން އަދި އިނގިރޭސި ވިލާތުން 48،992 ފަތުރުވެރިންނާއި އިންޑިއާއިން 48،876 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟