މަޓާޓޯއިން ބާއްވާ މޯލްޑިވްސް ޓްރެވަލް ކޮންފެރެންސްގެ ތިން ވަން އެޑިޝަން 22 ނޮވެމްބަރުގައި ބާއްވަން ނިންމައިފިއެވެ.
ދަ ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯޝިއޭޝަން (ޕަޓާ)ގެ ހިއުމަން ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމަކާއި އެކު މިފަހަރުގެ ޓްރެވަލް ކޮންފަރެންސް ބާއްވާއިރު މިފަހަރުގެ ކޮންފަރެންސްގެ ތީމް އަކީ "ގްރޯތް އެންޑް ސަސްޓެއިނަބިލިޓީ" އެވެ. މިއީ ހިއުމަން ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމް ޓްރެވަލް ކޮންފެރެންސާއި އެކީ ބާއްވާ ދެވަނަ ފަހަރެވެ.
މަޓާޓޯއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ޕާޓާގެ މި ޕްރޮގްރާމުން އޭގެ ބައިވެރީންނަށް މާކެޓިން ސްޓްރެޓެޖީސް ވަޒީފާގެ މާހައުލުގައި ބޭނުންކުރަން ދަސްވެގެން ދާނެއެވެ.
މޯލްޑިވްސް ޓްރެވަލް ކޮންފަރެންސްގައި 250 މީހުނަށް ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލައިފައި ކަމަށް މަޓާޓޯ އިން ބުނެއެވެ.
2016 ގައި ފެށި މޯލްޑިވްސް ޓްރެވަލް ކޮންފެރަންސް އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދިމާވާ ގޮންޖެހުންތަކާއި ދަތިތައް ބޭރުދުނިޔެއާ އެކީ އެއް މޭޒަކުން ބައްދަލުކޮށް ވާހަކަ ދައްކައި މަޝްވަރާ ކުރުމަށް ބާއްވާ ކޮންފަރެންސެކެވެ.