ޚަބަރު

ކިނޮޅަސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފި

ފާތިމަތު ލިޔުޝާ

ރ. ކިނޮޅަސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފިއެވެ.

އެ މަޝްރޫއު ކުރިޔަށްގެންދާ މޯލްޑިވްސް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީން) އިން އިއްޔެ ބުނީ އެ މަޝްރޫއުގެ ބިންހިއްކުމާއި ފަސްގަނޑު ކޮމްޕެކްޓް ކުރުމުގެ މަސައްކަތުގެ 75 ޕަސެންޓް ވެސް ނިމިފައިވާ ކަމަށެވެ.

ކިނޮޅަސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް ފެށީ މިއަހަރުގެ ފެބްރުއަރީ 22 ގައެވެ. އެ މަޝްރޫއު ފައްޓަވައިދެއްވީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު އާއި އެމްޓީސީސީގެ ޗީފް ޕްރޮޖެކްޓް މެނޭޖްމަންޓް އޮފިސަރު އަހުމަދު ލަތީފް އެވެ.

ހައުސިން މިނިސްޓްރީން އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 2023 އޭޕްރީލް 18 ގައެވެ.

އެ މަޝްރޫއުގެ ދަށުން 19,780 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 650 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖަހަން ނިންމާފައިވެއެވެ، އެ މަޝްރޫއަކީ 11.45 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.