އެމްޓީސީސީ

ބަސް ދަށުވެ މަރުވި މީހާގެ ހަށިގަނޑު ގައުމަށް ފޮނުވާލައިފި

މިމަހުގެ ހަވަނަ ދުވަހު ހުޅުމާލޭގައި ދުއްވާފައި ދިޔަ އެމްޓީސީސީގެ ބަހެއްގެ ދަށުވެ މަރުވި ޔޫކްރެއިންގެ އަންހެންމީހާގެ ހަށިގަނޑު އެގައުމަށް ފޮނުވާލައިފިއެވެ.

ފުލުހުން ބުނީ 31 އަހަރުގެ އެއަންހެން މީހާގެ ހަށިގަނޑު ފޮނުވައިލީ އިއްޔެ ކަމަށެވެ. އެއަންހެން މީހާ މަރުވެފައިވަނީ ހެނދުނު ކަސްރަތަށް ނުކުމެ އުޅެނިކޮށެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ހުޅުމާލޭ އެފްއެސްއެމް ފިއުލް ސަޕްލައި ކައިރީ ހިނގި މި އެކްސިޑެންޓު ހިނގަން މެދުވެރިވިކަމަށް ބެލެވެނީ ބަސް ދުއްވަން އިން ޑްރައިވަރަށް ނިދިގެންކަމުގައެވެ. އަދި އަންހެން މީހާ މަރުވީ ބަހުގެ ދަށުވެގެން ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ. އަންހެންމީހާގެ ހަށިގަނޑާއި ހަވާލުވުމަށް އޭނާގެ މަންމައާއި އާއިލާ ވަނީ ރާއްޖެއައިސްފައެވެ.

އެމްޓީސީސީން ބުނެފައިވަނީ މަރުވި މީހާގެ ހަށިގަނޑު އޭނާގެ ގައުމަށް ފޮނުވުމަށް ހިނގާނެ ހަރަދު ދޭނެ ކަމަށެވެ.