މަގުމަތީގެ އެކްސިޑެންޓް

ތިމަރަފުށީގައި ވޭނަކުން ޖެހި އަނިޔާވި މީހާއަށް ލަންކާގައި ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ

ތ. ތިމަރަފުށީގައި ވޭނަކުން ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ސްރީލަންކާގައި ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.

ފުލުހުން ބުނީ މިދިޔަ އާދީއްތަ ދުވަހު ހެނދުނު ހިނގި އެ އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ މިރޭ 1:20 ހާއިރު މަރުވެފައިވާކަން އޭނާގެ އާއިލާއިން އަންގާފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި އަނިޔާވި 52 އަހަރުގެ އަންހެން މީހާ މަރުވެފައިވަނީ ލަންކާގައި ފަރުވާދެމުން ދަނިކޮށް ކަމަށާއި އެކްސިޑެންޓަށްފަހު އޭނާ އޮތީ ކޯމާއެއްގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ ތިމަރަފުށީގެ ހިއްކާފައިވާ ސަރަހައްދުން އެއާޕޯޓަށް ދާން އޮންނަ މަގުގައި ހިނގި އެ އެކްސިޑެންޓުގެ ތަހުގީގު ފުރިހަމަކުރުމަށްފަހު ތ. އަތޮޅު ޕީޖީ ގޮތްޕާ ހަވާލުކޮށްފައިވާ ކަމަށާއި އެ މައްސަލައިގައި ދައުވާ ކުރުމުގެ ބައި ކުރިއަށްދާ ކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ.