ޚަބަރު

15 އަހަރުގެ ކުއްޖަކު ވިހެއި ދަރިފުޅު ނިޔާވެއްޖެ

ރާއްޖޭގެ ރަށެއްގައި 15 އަހަރުގެ ކުއްޖަކު ވިހެއި ދަރިފުޅު ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 7:10 ހާއިރު 15 އަހަރުގެ ކުއްޖަކު ވިހެއި ދަރިފުޅު ނިޔާވެފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.

އެ މައްސަލައިގައި ހިމެނެނީ ކުޑަކުއްޖަކަށް ވެފައި އަދި ތަހުގީގު ކުރިއަށްދާތީ އެ މައްސަލައިގައި ހިމެނޭ ކުއްޖާގެ މައުލޫމާތާއި ރަށް ހިމެނޭ ގޮތަށް ހާމަނުކުރުމަށް ފުލުހުން އެދެއެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.