ޚަބަރު

ޣައިރު ހާޒިރުގައި ހުކުމް ކޮށްފައިވާ ބައެއް މީހުންގެ އަދަބު ލުއިކޮށްދީފި

ޣައިރު ހާޒިރުގައި ހުކުމްކޮށްފައިވާ ބައެއް މީހުންގެ އަދަބު ލުއިކޮށްދީފިއެވެ.

ދެހާސް ތޭރަވަނަ އަހަރުގެ އޯގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ކުރިން ޣައިރު ހާޒިރުގައި ހުކުމް ކޮށްފައިވާ މީހުންގެ ހުކުމް ލުއިކޮށްދޭން ސަރުކާރުން ނިންމާފައިވަނީ ގަވާއިދު ނަންބަރު 2016/ އާރް-37ގެ އަދަބު ލުއިކޮށްދިނުމުގެ ގާނޫން ނަންބަރު 29 ވަނަ މާއްދާގެ އަދަބު ލުއިކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ މާއްދާގެ ދަށުންނެވެ.

ކަރެކްޝަނަލް ސާވިސްއިން ބުނެފައިވަނީ 31 އޯގަސްޓް 2013ގެ ކުރިިން ޣައިރު ހާޒިރުގައި ހުކުމްކޮށް، ބަންދުކުރެވިފައިވާ މީހުންގެ މައުލޫމާތު ސާފް ކުރުމަށް އެދޭ ކަމަށާއި، އެގޮތަށް އެދެން ޖެހުނީ އެ ގައިދީންގެ މައުލޫމާތު މިހާރު ކަރެކްޝަންސްގައި ނެތުމުން ކަމަށެވެ. މިއަހަރުގެ މިނިވަން ދުވަހާ ދިމާކޮށް ވެސް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ބައެއް ކުށްވެރިންގެ އަދަބު ލުއިކޮށްދެއްވާފައެވެ.

އެފަހަރު އަދަބު ލުއިކޮށްދެއްވުމަށް ރައީސް ނިންމެވީ، މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ޝަރުތު ހަމަވާ މީހުންނަށެވެ. އެހެން ނަމަވެސް އަދަބު ލުއި ކޮށްދެއްވީ ކިތައް ގައިދީންނަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. މިފަހަރު އަދަބު ލުއިކޮށްދިނުމަށް ނިންމަވާފައިވަނީ ރައީސް ޔާމީން ރައީސް ކަމާ ހަވާލުވުމުގެ ކުރިން ހުކުމް ކޮށްފައިވާ ބައެއް މީހުންނަށެވެ.