ޚަބަރު

މިނިސްޓަރު ޝަހީމް އިސްލާމީ ދުނިޔޭގެ ވަޒީރުންގެ ފަސް ވަނަ ސެޝަންގެ ރިޔާސަތު ބަލަހައްޓަވައިފި

ފާތިމަތު ލިޔުޝާ

1

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ސައުދީ އަރަބިއްޔާގެ މައްކާގައި ކުރިއަށްދާ އިސްލާމީ ދުނިޔޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާތަކުގެ ވަޒީރުންގެ 9 ވަނަ ޖަލްސާގެ 5 ވަނަ ސެޝަންގެ ރިޔާސަތު ބަލަހައްޓަވައިފިއެވެ.

ސައުދީ އަރަބިއްޔާގެ މައްކާގައި ކުރިއަށްދާ އެ ކޮންފަރެންސްގައި އިސްލާމީ ހުރިހާ ގައުމަކުންވެސް ބައިވެރިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ. މިނިސްޓަރު ޝަހީމް ރިޔާސަތު ބެލެހެއްޓެވި ސެޝަންގެ ޝިއާރަކީ 'މުސްލިމުން ގިނަ ގައުމުތަކުގައި ރައްޔިތުކަން ކުރިއެރުވުމާއި އިސްލާމީ މުޖުތަމައުތަކުގެ އިސްތިގްރާރަށް އޭގެ ސަބަބުން ކުރާ އަސަރު' އެވެ.

ސައުދީއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ވަޒީރު ޑރ. ޝަހީމް ސައުދީ އަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޝައިހް ޑރ. އަބްދުއްލަތީފް އާލުއްޝައިހް އާ ވެސް ބައްދަލު ކުރައްވާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުންޏެވެ.

އެ ޖަލްސާ ފެށީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ނިންމާ ގޮތަށް ހަމަޖެހިފައި ވަނީ އަންނަ ބުދަދުވަހުއެވެ. އެ ކޮންފަރެންސް ނިންމަވައިލެއްވުމަށްފަހު މިނިސްޓަރު ޑރ. ޝަހީމް ރާއްޖެ އެނބުރި ވަޑައިގަންނަވާނީ މި މަހުގެ 7 ވަނަ ދުވަހު ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟