ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ލިސްޓަށް ގެދޮރުވެރިކަމަށް ހާއްސަ ކޮމިޓީއެއް އުފައްދައި، އެ ކޮމިޓީގެ މުގައްރިރަކަށް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު އައްޔަންކުރައްވައިފިއެވެ.
ގެދޮރުވެރިކަމަށް ހާއްސަ ކޮމިޓީގެ ނައިބު މުގައްރިރަކަށް އައްޔަންކޮށްފައިވަނީ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީގެ މެމްބަރު ހުސައިން އިމްރާން ލަތީފެވެ.
އެ ކޮމިޓީގައި 11 މެންބަރުން ތިއްބަވާނެއެވެ. ކޮމިޓީއަށް މެންބަރުން ކަނޑައެޅުމުގައި ވަނީ މާލޭގެ އިތުރުން ކޮންމެ ސިޓީއަކުން މަޖިލީހުގެ މެމްބަރަކު ކަނޑައަޅަން އިސްކަން ދީފައެވެ.