މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުންނަށާއި އާއިލާތަކަށް މެޑިކާ ހޮސްޕިޓަލުން ހިލޭ ބޭސްފަރުވާގެ ހިދުމަތްތައް ފޯރިކޮށްދިނުމަށް މެޑިކާ ހޮސްޕިޓަލް (މެޑިކާ) އާއި އެމްސީއެސްގެ ދަށުން ހިންގަމުން އަންނަ ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ (ޕްރިސްކޯ)އާއެކު އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފި އެވެ.
ކަރެކްޝަނުން ބުނީ، މި އެއްބަސްވުމަކީ، ޖަލުތަކާއި ޕެރޯލް ގާނޫނުން ލާޒިމުކުރާ، މުވައްޒަފުންގެ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެ މުވައްސަސާއިން ކުރަމުން އަންނަ މައްސައްކަތްތަކުގެ ތެރެއިން ވެވުނު އެއްބަސްވުމެއް ކަމުގައެވެ.
މި އެއްބަސްވުމުގެ ދަށުން މެޑިކާއިން ބޭސްފަރުވާގެ ހިދުމަތް ހޯދާ މުވައްޒަފުންނަށް އާސައިންދައިގެ އިތުރުން ހޮސްޕިޓަލަށް ދައްކަން ޖެހޭ ފައިސާ ދައްކާނީ ޕްރިސްކޯގެ ފަރާތުންނެވެ. އަދި މި މުއްދަތުގެ ތެރޭގައި މުވައްޒަފުންނަށް ބޭސްފަރުވާގެ ހިދުމަތް ހޯދުމަށް ހަމަޖެހިފައިވަނީ، ޕްރިސްކޯއިން ކަނޑައާޅާ ވަކި އުސޫލެއްގެ ދަށުންނެވެ.