ޚަބަރު

ޓެރެރިޒަމާ ދެކޮޅަށް ކުރެވިދާނެ ކަންތަކާބެހޭގޮތުން އެމެރިކާގެ އާ ސަފީރު ޑިފެންސް މިނިސްޓަރާ މަޝްވަރާކޮށްފި

އަލީ އިހްސާން

ސައުތު އޭޝިޔާ ބައްރުގައި ފެތުރެމުންދާ ޓެރެރިޒަމާއި، ހައްދުފަހަނައަޅައި ދިއުމާ ދެކޮޅަށް ކުރެވެން ހުރި ކަންތައްތަކާ ބެހޭ ގޮތުން އެމެރިކާ އިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު އެލައިނާ ޓެޕްލިޓްޒް، ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ އާ މަޝްވަރާ ކުރައްވައިފިއެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ކުރި، ޓްވީޓެއްގައި ބުނެފައިވަނީ އެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ، އެމެރިކާ އިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު އެލައިނާ ޓެޕްލިޓްޒް މިއަދު ހެނދުނު ޑިފެންސް މިނިސްޓަރުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާތުުގައި ކަމަށެވެ.

އެކަމަނާގެ މި ޒިޔާރަތުގައި ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމާއި ދެގައުމުގެ ދެމެދުގައި އެހީތެރިކަމާ އެއްބާރުލުން ދިނުމާ ބެހޭގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވައިފައެވެ.