ދިރާގުގެ އާ ޕާޓްނަރު ފިހާރައެއް ހުޅުމާލެ ފޭސް 2 ގައި ހުޅުވައިފިއެވެ.
ދިރާގުން ބުނީ، އެ ކުންފުންޏާއި އޯއޭސެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ގާއިމުކުރި ޕާޓްނާޝިޕްގެ ދަށުން މިހާރު ހުޅުމާލޭ ހިޔާ ފްލެޓް 5 (އެޗް5-ޖީ-01) ގައި ހުންނަ އޯއޭސެސް މޯލްޑިވްސް ފިހާރައިން ދިރާގުގެ ހިދުމަތްތައް ލިބޭނެ ކަމަށެވެ.
ދިރާގުން ބުނި ގޮތުގައި މި އާ ޕާޓްނަރު ފިހާރައިގެ ސަބަބުން ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ބޮޑު އާބާދީއަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަ ކަމާއެކު ދިރާގުގެ ހިދުމަތްތައް ހޯދޭނެ ކަމަށްވެސް ބުންޏެވެ.
ދިރާގު ކަސްޓަމަރުންނަށް ހުޅުމާލެ ފޭސް 2 ގެ ޕާޓްނަރު ޝޮޕް މެދުވެރިކޮށް ތިރީގައި މިވާ ހިދުމަތްތައް ލިބޭނެއެވެ.