ޚަބަރު

އޯކިޑް ޕްލާޒާގައި އަލިފާން ރޯވެގެން އުޅެނިކޮށް މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި

ފާތިމަތު ލިޔުޝާ

އޯކިޑް ޕްލާޒާގައި ރޭ ދަންވަރު އަލިފާން ރޯވި ވަގުތު އެތަނުގެ މަގުމަތީގައި މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ބުނީ މާފަންނު އޯކިޑް ޕްލާޒާގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް 3:32 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އަލިފާން ރޯވެގެން އުޅުނު ވަގުތު މަގުމަތީގައި ހުރި މީހަކާ މަރަމާރީ އެއް ހިންގި މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ގޭގައި ހުރީ ސަރުކާރުގެ މުހިންމު ލިޔެކިޔުންތަކެއް ކަމަށެވެ.

އަލިފާނުގެ ހާދިސާގައި މީހަކަށް ގެއްލުން ލިބިފައިނުވާ ކަމަށާއި ރޯވި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.