އިބްރާހިމް ޒަކީ
ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެންފައިވާ، އެމްޑީޕީގެ މެންބަރުންނާ، ޔޫތު މިިނިސްޓަރު އަހުމަދު މަހުލޫފު ބައްދަލު ކުރައްވައިފިއެވެ.
ޔޫތު މިނިސްޓްރީން ބުނީ، މިނިސްޓަރުގެ މި ބައްދަލު ކޮށްލެއްވުމުގައި އެ މެންބަރުންގެ ދާއިރާތަކުން ކުރިއަށްއޮތް ތިން އަހަރަށް ރޭވިފައިވާ ޕްރޮގްރާމްތަކުގެ މައުލޫމާތު އޮޅުންފިލުއްވައި އެ ކަންކަމާބެހޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
އަދި އަންނަ އަހަރުގެ ބަޖެޓާ ބެހޭގޮތުންވެސް މިނިސްޓަރުގެ މި ބައްދަލު ކުރެއްވުމުގައި މަޝްވަރާކޮށްފައިވާ ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.
އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތެއް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެންނެވި މެންބަރުން މަގާމުގެ ހުވައި ކުރެއްވުމަށްފަހު، މަޖިލީހުގެ ޖަލްސާތައް ފަށާނީ މިމަހު 28އިން ފެށިގެންނެވެ.
ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަޖިލީހުގައި ހިމެނޭ 87 ގޮނޑީގެ ތެރެއިން އެމްޑީޕީން ވަނީ 65 ގޮނޑި ކާމިޔާބުކޮށްފައެވެ.