ޚަބަރު

މާލޭގެ މޭޔަރު ކަމަށް މަހުލޫފް ވާދަކުރައްވަނީ

މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވަން ނިންމަވާފައިވާކަން މި ސަރުކާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު އިއުލާން ކުރައްވައިފިއެވެ.

މާލެ ސިޓީގެ މޭޔަރުގެ މަގާމު ހުސްވާނީ އެ މަގާމުގައި މި ވަގުތު ހުންނެވި ޑރ. މުހައްމަދު މުއިއްޒު، ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން 17 ނޮވެމްބަރު 2023 ގައި އޭނާ ވެރިކަމުގެ ހުވާ ކުރެއްވުމުންނެވެ.

އެ މަގާމަށް މީހަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އޮންނާނެ ތާރީހެއް އިލެކްޝަންސް ކޮމިޝަނުން އަދި އާންމެއް ނުކުރެއެވެ.

އެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ނިންމާފައިވާކަން މަހުލޫފް އިއުލާން ކުރެއްވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. ކެމްޕެއިން ލޯގޯ އާއެކު މަހުލޫފް ކުރެއްވި އެ ޕޯސްޓުގައި މާލޭގެ އެންމެހާ ރައްޔިތުންގެ ތާއީދަށް އެދިވަޑައިގެންފައިވެއެވެ.

މަހުލޫފަކީ މީގެ ކުރީން ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.