ހުޅުމާލެ ބަހުގެ ހިދުމަތުގައި ހިމެނޭ ބައެއް ރޫޓުތަކަށް ބަދަލު ގެނެސްފިއެވެ.
އެ ބަދަލު ގެނައީ އެމްޓީސީސީ އިން ބުނި ގޮތުގައި، ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގެ ޓްރެފިކް ފްލޯ ބަދަލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގު (ބަގީޗާ ހިނގުން) އެއްކޮޅަށް ދުއްވޭ މަގަކަށް ބަދަލުކުރަން ނިންމުމުންނެވެ.
އެކަމާއި ގުޅިގެން މިއަދުން ފެށިގެން ހުޅުމާލެ ބަހުގެ ހިދުމަތުގައި ހިމެނޭ ހަތަރު ރޫޓަކަށް ބަދަލު ގެނެސްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ބަސް ރޫޓުތަކާ އިތުރު މައުލޫމާތު އެމްޓީސީސީގެ ހޮޓްލައިން ނަމްބަރު 1650 އާ ގުޅާލުމުން ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.