ޚަބަރު

ކެނަބިސް ޓްރެފިކު ކުރި މީހަކު 23 އަހަރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކޮށްފި

އިބްރާހިމް ޒަކީ

1

ކެނަބިސް ޓްރެފިކް ކުރި މީހަކު 23 އަހަރާއި 10 މަހުގެ މުއްދަތަަށް ޖަލަށްލުމާ އެކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރަން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އެ މައްސަލައިގައި ކުރިމިނަލް ކޯޓުން ހުކުމް ކުރީ، މަރަދޫ، ކޮރަލް އަހްމަދު ސާތިއުގެ މައްޗަށެވެ.

އެ މައްސަލައިގައި ކެނަބިސްއާ އެކު އޭނާ އަތުލައިގެންފައި ވަނީ، ނޯތު ހާބަރުގައި އޮތް ސ. މަރަދޫ ރަންދޫ ނަމަކަށް ކިޔާ ބޯޓަކުން މަަސްތުވާތަކެތި ހިފައިގެން ފުރަން އުޅެނިކޮށެވެ. އެމައުލޫމާތާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް އޭނާ ހިފަހައްޓައި ޗެކް ކުރުމަށްފަހު ހައްޔަރު ކުރިއެވެ.

މި މައްސަލައިގައި އޭނާ ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ އިރު، ޖޫރިމަނާގެ ފައިސާ 12 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށްވެސް ކޯޓުން ވަނީ އޭނާގެ މައްޗަށް އަމުރުކޮށްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟