ރައީސް ޑރ. މުހައްމަދު މުއިއްޒު، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އެ މަގާމުން ވަކިކުރައްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ގަވަރުނަރުގެ މަގާމުން ހާޝިމް ވަކިކުރަން ރައީސަށް މަޝްވަރާ ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައިވާތީ، އެ މަގާމުން ހާޝިމް މިއަދު ވަކިކުރައްވާފައިވާ ކަމަށެވެ.
އަދި އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އަހުމަދު މުނައްވަރު ހަމަޖެއްސެވުމާމެދު ރައީސް މުއިއްޒު މިއަދު ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން އެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
މުނައްވަރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރެވެ. އޭނާ މިހާރު ހުންނެވީ ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމުގައެވެ.