މަގުމަތީގެ އެކްސިޑެންޓް

ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި، ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް

މާލޭގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި، ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

ފުލުހުން ބުނީ ދަރުބާރުގޭ ކައިރީގައި މިއަދު ހަވީރު 4:31 ހާއިރު ދެ ސައިކަލެއް ޖެހިގެން އެކްސިޑެންޓެއް ވެފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި އެއް ސައިކަލު ދުއްވަން އިން 22 އަހަރުގެ ފިރިހެނެއްގެ ބޮލަށް ސީރިއަސް އަނިޔާ ވެފައިވާ ކަމަށާއި އެ ސައިކަލް ފަހަތުގައި އިން އަށް އަހަރުގެ ކުއްޖާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އަނެއް ސައިކަލުގައި އިން 23 އަހަރުގެ ފިރިހެން މީހާގެ ހާލު ރަނގަޅު ކަމަށާއި ދެ މީހުންގެ އަތުގައި ވެސް ލައިސަންސް އޮންނަ ކަމަށެވެ. އަދި އަނިޔާ ލިބުނު މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.