މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް 2023 ވަނަ އަހަރުގެ ހިއްސާގެ ފައިދާ އިން ހިއްސާއަކަށް ތިން ރުފިޔާ ބަހަން ފާސްކޮށްފިއެވެ.
ޢެ އަދަދު ބަހަން ފާސްކުރީ އުމަރު ޒާހިރު ބިލްޑިންގައި މިހާރު ކުރިއަށްދާ އެމްޓީސީސީގެ 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ. އަހަރީ އާންމު ޖަލްސާގައި ބައިވެރިވީ 304 ހިއްސާދާރުންނެވެ. އެ ހިއްސާދާރުން ތަމުސީލު ކުރީ 5,540,192 ހިއްސާއެވެ.
ޖަލްސާގައި އެމްޓީސީސީގެ ހިއްސާދާރުންނަށް 2023 ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ފަސް ރުފިޔާގެ މޫނުމަތީ އަގުގެ ކޮންމެ ހިއްސާއަކަށް ތިން ރުފިޔާ ބަހާގޮތަށް ފާސްކުރީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99.67 ޕަސެންޓް ވޯޓުންނެވެ.
އެމްޓީސީސީއަށް މިދިޔަ އަހަރު ސާފު ފައިސާގެ ގޮތުގައި ލިބިފައިވަނީ 97 މިލިއަން ރުފިޔާއެވެ.