މި އަހަރުގެ މިހާތަނަށް 1.1 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ 15ގެ ނިޔަލަށް ރާއްޖެއަށް ވަނީ 1،092،366 ފަތުރުވެރިން ރާއްޖެ އައިސްފައެވެ. ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި އެވްރެޖުކޮށް ދުވާލަކު ރާއްޖެއަށް 5،000 އަށް ވުރެ ފަތުރުވެރިން އާދެއެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖެއަށް މި އަހަރު އެންމެ ގިނަ ފަތުރުވެރިން އައީ ޗައިނާއިންނެވެ. އެގޮތުން އެ ގައުމުން މިހާތަނަށް ވަނީ، 137،728 ފަތުރުވެރިން އައިސްފައެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިޔާއިންނެވެ. އެގޮތުން އެ ގައުމުން ރާއްޖެއަށް 114,981 ފަތުރުވެރިން އައިސްފައިވެއެވެ.
ޓޫރިޒަަމްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި މި ވަގުތު 62،461 އެނދު އޮޕަރޭޝަންގައި އެބަހުއްޓެވެ.