މިދިޔަ ހަފްތާގައި 56 އެކްސިޑެންޓް ހިނގައި 11 މީހަކަށް އަނިޔާވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މިދިޔަ ހަފްތާގެ ޓްރެފިކް މައްސަލަތަކާބެހޭގޮތުން ފުލުހުން އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގެ ތެރޭގައި މަގުމަތީގެ 56 އެކްސިޑެންޓެއް ހިނގައި 11 މީހަކަށް ވަނީ އަނިޔާވެފައެވެ.
ފާއިތުވި ހަފްތާގެ ތެރޭގައި، ފުލުހުން 417 ވެހިކަލް ބަލައި ފާސްކޮށްފައިވާއިރު، އޭގެ ތެރެއިން 99 ފަރާތެއް ލައިސެންސް ނެތި ހުއްޓުވާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ޕާކިންގ ގަވާއިދުތަކާ ހިލާފުވެގެން މިދިޔަ ހަފްތާގައި 776 އުޅަނދެއްގައި ސްޓިކާ ޖަހާފައިވާއިރު ބާރު ސްޕީޑްގައި ދުއްވި 14 މައްސަލައެއް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިން ދުއްވި ދެ އުޅަނދަކާއި، ޓްރެފިކްލައިޓާ ހިލާފަށާއި ވަންވޭއާ އިދިކޮޅަށް ދުއްވި 15 ފަރާތަކާއި، ކަނޑައެޅިފައިވާ ބާރު މިނަށްވުރެ ބާރަށް ދުއްވި 14 އުޅަނދެއް ފުލުހުން ހުއްޓުވާފައިވާ ކަމަށް ފުލުހުން ފުލުހުން ބުންޏެވެ.