ބ. މާޅޮސް ބަނދަރު މަރާމާތު ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، އާ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތުގެ 54 ޕަސެންޓް ނިންމައިފިއެވެ.
އެ މަސައްކަތް ކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން މިއަދު ބުނީ އެ މަޝްރޫއުގެ ދަށުން މާޅޮސް ބަނދަރުގެ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތުގެ 40 ޕަސެންޓް ނިމިފައިވާ ކަމަށެވެ.
އެ ރަށުގައި މިހާރު ހަދާފައިވާ ބަނދަރަކީ 2006 ވަނަ އަހަރު ހަދާފައިވާ ބަނދަރެކެވެ. މާޅޮސް ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށީ 2021ގެ އޭޕްރިލް 5 ގައެވެ. އެ މަޝްރޫ އެމްޓީސީސީއާ ހަވާލުކުރީ 69.4 މިލިއަން ރުފިޔާއަށެވެ.