އެއާޕޯޓުތަކަށް އެމަޖެންސީގައި ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއެކު އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފިއެވެ.
އާރުއޭސީއެލްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީންއެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހެވެ.
"މި އެއްބަސްވުމުގެ ސަބަބުން އެއާޕޯޓަށް ދިމާވެދާނެ އެމެޖެންސީ ހާލަތެއްގައި އެއާޕޯޓް އޮޕަރޭޝަނަލް ހާލަތްތަކަށް ގެނައުމަށްޓަކައި ކަނޑާއި އަދި އެއްގަމު މަގުން ބޭނުންކުރަން ޖެހިދާނެ އެކި ކަހަލަ ވަސީލަތްތައް ހޯދުމުގައި އެމްޕީއެލްގެ އެހީތެރިކަން އާރުއޭސީއެލް އަށް ލިބިގެންދާނެ" އާރުއޭސީއެލް އިން ބުންޏެވެ.
އާރުއޭސީއެލް އިން ބުނީ، އެ އެއްބަސްވުމުގެ ސަބަބުން އެމެޖެންސީ ހާލަތެއްގައިވެސް އެ ކުންފުނިން އާންމުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ބޫރޫނާރައި ކުރިއަށް ގެންދެވޭނެ މަގުފަހިވާނެ ކަމަށެވެ.