ފަނޑިޔާރުންނަށް ދޭ ސިއްހީ އިންޝުއަރެންސް ޕެކޭޖު ޕްރިމިއަމްއަށް ބޮޑުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިފިއެވެ.
އެކަމަށް އެދި ކޮމިޓީއަށް ހުށަހަޅާފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިންނެވެ. އެ މައްސަލައާ ބެހޭގޮތުން މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.
ފަނޑިޔާރުން ހިމެނޭހެން ދައުލަތުގެ އިސްވެރިންގެ އިންޝުއަރެންސް ޕެކޭޖު އެންމެ ފަހުން ބޮޑުކުރީ 19 ޖުލައި 2016 ގައެވެ.
އޭގެ ފަހުން ފަނޑިޔާރުންނަށް ޕްރިމިއަމް ދެމުން އަންނަަނީ:
ފަނޑިޔާރުންނަށް ލިބޭ އިންޝުއަރެންސް ޕެކޭޖުގައި ފަނޑިޔާރުންގެ މައިންބަފައިންނަށް ވެސް ކަވަރޭޖު ލިބޭގޮތަށް ވަނީ ހަމަޖައްސައިފައެވެ.
ކޮމިޓީގައި އެދިފައި ވަނީ ފަނޑިޔާރުންނާއި ރިޓަޔާ ކުރައްވާ ފަނޑިޔާރުންގެ އިންޝުއަރެންސް ޕެކޭޖުގެ ޕްރިމިއަމް ބޮޑުކޮށް، އަމާނާ ތަކާފުލް މޯލްޑިވްސްއާ އެކު ކޮށްފައިވާ ތިން އަހަރު ދުވަހުގެ އެގްރިމެންޓުގެ ބާކީ އޮތް މުއްދަތަށް ފުލް ކަވަރޭޖު ފޯރުކޮށްދިނުމަށް އިތުރަށް ބޭނުންވާ ފައިސާ ޑީޖޭއޭއަށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށެވެ.
ނަމަވެސް އެ މައްސަލައަށް މެންބަރުން މަޝްވަރާކުރުމަށްފަހު ޕޭކޮމިޝަންގެ ލަފައެއް ހޯދަން ކޮމިޓީން ވަނީ ނިންމައިފައެވެ.