ޝަހީދާ އަބްދުﷲ ސައީދު
ހުޅުމާލޭގައި މިއަދު ކާރެއް ކޮންޓްރޯލު ނުވެގެންގޮސް ގަސްތަކުގެ ތެރެއަށް ވަދެއްޖެއެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 7:02 ހާއިރު ރީތިގަސްމަގުން ސަހަރާ ކައިރިން ދިޔަ ކާރެއް ކޮންޓްރޯލުނުވެ ގޮސް ގަސްތަކުގެ ތެރެއަށް ވަދެފައިވާ ކަމަށެވެ.
އެވަގުތު ކާރުގައި އިނީ ޑްރައިވަރު އެކަނި ކަމަށާއި ޑްރައިވަރަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ކާރުގެ ކުރީ ބަފަރު ނެއްޓިފައިވާކަމަށާއި ޑްރައިވަރު އަތުގައި ލައިސަންސް އޮތް ކަމަށެވެ.
އަދި އެމައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.