ހުޅުމާލެ ފިތުރޯނު މަގު، ފެރީ ޓާމިނަލް ޕާކު ކައިރީގައި ތަރައްގީކޮށްފައިވާ ފިތުރޯނު ސްމާޓް ޕާކިން ޒޯނުން ޖާގަ ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރަން އެޗްޑީސީ އިން އިއުލާންކޮށްފިއެވެ.
އެޗްޑީސީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ޒޯނުން ތިން އަހަރު ދުވަހުގެ މުއްދަތަށް ޖުމުލަ 11 ޕާކިން ޖާގަ ކުއްޔަށް ދޭން ނިންމާފައިވާ ކަމަށެވެ. ޕާކިން ޖާގައިގެ ދިގުމިނަކީ 4.8 މީޓަރެވެ. ފުޅާމިނަކީ ދެ މީޓަރެވެ.
އެޗްޑީސީ އިން ބުނީ، ބީލަން ފޯމު ބަލައިގަންނާނީ 25 ޖުލައިގެ މެންދުރުފަހު 1:00 އިން 2:00 އާ ދެމެދު ކަމަށާއި ބީލަން ފޯމު ހުޅުވުން އޮންނާނީ ހަމަ އެ ދުވަހުގެ މެންދުރުފަހު 2:30ގައި ކަމަށެވެ.
ބީލަމުގެ ހުރިހާ މަރުހަލާތައް ވެސް ކުރިއަށްގެންދާނީ އެޗުޑީސީ ބިލްޑިންގައި ހުންނަ އެގްޒިބިޝަން ސެންޓަރުގައި ކަމަށްވެސް ބުންޏެވެ.
ބީލަން ފޯމު ހުށަހެޅުމާއި ގުޅޭ އިތުރު މައުލޫމާތު އެޗްޑީސީގެ ވެބްސައިޓުން އަދި ހޮޓްލައިން ނަންބަރު 1516އަށް ގުޅައިގެން ހޯދޭނެއެވެ.