ރާއްޖޭގެ ދަރަނި ބޮޑުވުމުގެ ސަބަބުން މިވަގުތު އިގުތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ސަރުކާރުން ނިންމާފައިވާތީ ކައުންސިލްތަކުގެ ރިކަރަންޓް ހަރަދު ކުޑަކުރުމަށް ސަރުކާރުން މިއަދު އަންގައިފިއެވެ.
ސިޓީސް، ލޯކަލް ގަވަރުމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް ސޮއި ކުރައްވައި ސިޓީ ކައުންސިލްތަކަށާއި އަތޮޅު ކައުންސިލްތަކަށާއި އަދި ރަށު ކައުންސިލްތަކަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވަނީ މި ވަގުތު ކޮންމެ ކުރަންޖެހޭ ހަރަދެއް ނޫނީ ނުކުރަން ކައުންސިލްތަކަށް އަންގައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
ކައުންސިލްތަކުގެ ހަރަދުތައް ކުޑަކުރަން ސަރުކާރުން އެންގި އިރު، ބައެއް އަތޮޅު ކައުންސިލްތަކުން ދުބާއީއާއި ތުރުކީ އަދި ބެންކޮކް ފަދަ ގައުމުތަކަށް ދަތުރުތައް ކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ މަޖިލީހުގައި ފާހަގަކުރައްވައިފައެވެ.