ކުޑަކުދިންގެ ދުވަހާ ގުޅިގެން ދިރާގުން އައިޖީއެމްއެޗްގައި ގާއިމުކޮށްފައިވާ އިންޑޯ ޕްލޭއޭރިއާ އާކޮށް އަލުން ހުޅުވައިފިއެވެ.
ދިރާގުން ބުނީ، ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ޕްލޭ އޭރިއާ އާކޮށް އެތަން އިތުރަށް މަރާމާތުކޮށް، ކުޑަކުދިން ގަޔާވާނެގޮތަށް ކަނަޑުއަޑީގެ މަންޒަރު ދައްކުވައިދޭނެ ގޮތަށް ޒީނަތްތެރިކޮށްފައިވާ ކަމަށެވެ.
ކުޑަކުދިންގެ ޕްލޭ އިކުއިޕްމެންޓާއެކު ދިރާގުން އައިޖީއެމްއެޗައަށް ހަދިޔާކޮށްފައިވާ ޕްލޭއޭރިއާއަކީ، ހޮސްޕިޓަލަށް ޒިޔާރަތްކުރާ ވަރަށް ގިނަ ކުޑަކުދިން ބޭނުންކުރާ ތަނެއް ކަމަށާއި އެތަނުގެ އެއް މަގުސަދަކީ ހޮސްޕިޓަލަށް ޒިޔާރަތްކުރާ ކުޑަކުދިން ގަޔާވާނެ، އަދި އެކުދިންނަށް ހިތްހަމަ ޖެހޭނެ ފަދަ މަންޒިލެއް ގާއިމުކުރުން ކަމުގައި ދިރާގުން މައުލޫމާތުދެއެވެ.
ކުޑަކުދިންނަށް އެހީތެރިވުމުގެ ގޮތުން ދިރާގުން ގެންދަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން ދިރާގުން ބާއްވާ މޯލްޑިވްސް ރޯޑު ރޭހުގެ ތެރެއިން ގިނަ އަދަދެއްގެ ކުދަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.