އުރީދޫ އަތޮޅު ދުވުން ކުޅެގެން މި މަހު އެއްވަނައަށް ދާ ފަރާތަކަށް ސަބްސްކްރިޕްޝަން އެމްވީއާއި އުރީދޫ މޯލްޑިވްސް ގުޅިގެން ސަބްސްކްރިޕްޝަން ބަންޑަލްއެއް ދޭން ނިންމައިފިއެވެ.
އުރީދޫ އަތޮޅު ދުވުމުގެ މި މަހުގެ ޕާޓްނަރަކީ ސަބްސްކްރިޕްޝަން އެމްވީއެވެ. އެ ފަރާތުން ހުށައަޅާފައިވާ އެއް އަހަރު ދުވަހުގެ ބަންޑަލްގައި ހިމެނެނީ ޕްރައިމް ވީޑިއޯ، ކްރަންޗީރޯލް، ޖިއޯސިނަމާ އަދި ސާފްޝާކްއެވެ.
އުރީދޫ އަތޮޅު ދުވުމަކީ އުރީދޫ މޯލްޑިވްސްގެ 2024ގެ ކަލަންޑަރާއެކު ތައާރަފު ކުރި ގޭމެކެވެ. މިއީ ރާއްޖޭގައި އުފައްދާފައިވާ ފުރަތަމަ ކެސުއަލް ރަނާ ގޭމެވެ.
މި ގޭމުގެ ލީޑަބޯޑުގައި ކޮންމެ މަހަކު އެއްވަނައަށް ދާ މީހަކަށް އަގުހުރި އިނާމުތައް ދެއެވެ. މި މަހު މި ގޭމުގައި ފެނިގެންދާނީ ތ. ކަނޑޫދޫއެވެ.
މި ގޭމުގައި 12 ލެވެލް ހިމެނޭއިރު، ކޮންމެ މަހަކު އާ ލެވެލެއްގައި އާ ރަށަކަށް ދަތުރުކުރެވޭނެއެވެ. އަންލޮކް ވެގެންދާ ލެވެލް ކުޅެވޭނީ ހަމައެކަނި އެ މަހަކުއެވެ. ކަލަންޑަރުގައި ހިމެނޭ މަންޒަރުގައި ސިއްރު އާޓްވޯކެއް ހިމެނިފައިވާއިރު، މި އާޓްވޯކް ގޭމުގެ ތެރެއިން ހޯދައިގެން ބޯނަސް ލެވެލްއެއް ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.