ޚަބަރު

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

ޓެކްނިކަލް މައްސަލައެއް ދިމާވެ ހުޅުމާލެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެއެވެ.

ސްޓެލްކޯއިން އެކްސްގައި މީގެ ގަޑިއެއް ހާއިރު ކުރިން ކުރި ޕޯސްޓެއްގައި ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ކަހަލަގެ ޓެކްނިކަލް މައްސަލައެއް ކަމެއް އެ ކުންފުނިން ބުނެފައެއް ނުވެއެވެ.

"މައްސަލަ ދެނެގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން، ދިމާވާނެ ދަތިތަކަށް މައާފަށް އެދެން،" ސްޓެލްކޯއިން ބުންޏެވެ.

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑުނު އިރު، ސްޓެލްކޯގެ ޓްރާންސްފޯމަރެއްގެ ކޭބަލެއް ބުރިކޮށް ވަގަށް ގެންދިއުމާ ގުޅިގެން މަޖީދިއްޔާ ސްކޫލު ހިމެނޭހެން، ހެންވޭރުގެ ބައެއް މަގުތަކުންނާއި ގެތަކުން މިއަދު ވަނީ ކަރަންޓު ކެނޑިފައެވެ.