މި ފެށުނު ހަފުތާގައި މަސް ގަތުމަށް ސަރުކާރުގެ މަސް ކުންފުނި, މިފްކޯ އިން ކަނޑައަޅާފައިވާ އަގުތައް އިއުލާންކޮށްފިއެވެ.
މިފްކޯ އިން ވަނީ މާދަމާ އިން ފެށިގެން ބައިނަލްއަގުވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަ މަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓް ކުރުމަށް ހިނގާނޭ ހަރަދުތަކަށް ބަލައި ކޮންމެ ހަފުތާއަކު ކަނޑައަޅާ އަގައްގައި މަސްވެރިންގެ އަތުން މަސް ގަންނަން ނިންމައިފައެވެ. އެ އަގު ކޮންމެ ހަފުތާއަކު އާންމުކޮށް މިފްކޯ އިން އިއުލާން ކުރަމުންދާނެއެވެ.
އެގޮތުން މި ފެށު ހަފުތާގައި މަސް ގަންނާނެ އަގުތަކަކީ:
މިފްކޯ އިން މިއަދު ބުނީ، މިހާރު މަސް ގަންނަމުންދާ ގޮތަށް މާކެޓު އަގަށް ރިއާޔަތްނުކޮށް މަސްވެރިންގެ އަތުން މަސްގަނެ ޕްރޮސެސްކޮށް އެކްސްޕޯޓް ކުރަމުން ދިއުމަކީ މާލީ ގޮތުން ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށެވެ. އަދި އެ ކުންފުނިން ބައިނަލްއަގުވާމީ ބާޒާރުގައި މަސް ވިއްކުމަށްފަހު ލިބޭ އާމްދަނީއަށްވުރެ މަސްވެރިންގެ އަތުން ގަންނަ މަހަށް ދައްކަންޖެހޭ ފައިސާއާއި މަސް ގަނެ، ޕްރޮސެސްކޮށް، ވިއްކުމަށް ހިނގާ ހަރަދު ބޮޑުތަނުން އިތުރުވާތީ ކުންފުންޏަށް އިތުރަށް ބޭނުންވާ ފައިސާ މިހާތަނަށް ހަމަޖައްސާފައިވަނީ ލޯނު ނަގައިގެންނާއި ސަރުކާރުގެ އެހީގައި ކަމަށްވެސް ބުންޏެވެ.