ރާއްޖޭގެ ފުރަތަމަ ވެބް ސީރީސް ''ހާތްތެރި'' ބައިސްކޯފް އެޕްލިކޭޝަން އިން މިހާރު ބަލާލެވޭނެއެވެ.
''ހާތްތެރި'' ސީޒަން 1 އަދި ސީޒަން 2 ގެ ހުރިހާ އެޕިސޯޑެއް މިހާރު ބައިސްކޯފުން ބަލަލެވޭއިރު ސީޒަން 3ގެ ޝޫޓިންގ ނިމުމުން ބައިސްކޯފު މެދުވެރިކޮށް ބެލުންތެރިންނަށް ބަލާލެވޭނެއެވެ.
ވަން އޮންލައިނަށް މައުލޫމާތު ދެމުން ''ހާތްތެރި'' އިން ބުނީ ބައިސްކޯފުގައި ''ހާތްތެރި'' ސީރީސް ހިމެނުމަށް ނިންމާފައި މިވަނީ އެއީ ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ސްޓްރީމިން ޕްލެޓްފޯމަށް ވުމުގެ އިތުރުން ލޯކަލް ކޮންޓެންޓު ހިމެނޭ އެޕްލިކޭޝަނަކަށް ވުމުން އެކަމަށް ސަޕޯޓު ދިނުމުގެ ގޮތުން ކަމަށެވެ.
ބައިސްކޯފަކީ ރާއްޖޭގެ މުނިފޫހިގެ ހުރިހާ އެއްޗެއް އެއް ތަނަކުން ބަލައިލެވޭ ގޮތަށް ހަދާފައިވާ މޯބައިލް އެޕްލިކޭޝަނެކެވެ.
''ހާތްތެރި'' ސީޒަން 3ގެ ޝޫޓިން އަންނަ ހަފްތާގައި ފެށުމަށް ނިންމާފައިވާއިރު ސީޒަން 3ގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތައް ފޭސްބުކް މެދުވެރިކޮށް މެސެޖްކޮށްދިނުމަށް ''ހާތްތެރި''އިން އެދެއެވެ.